ހީލާރސް އިން “ހީލާރސް ވެލްކަމް އިވްނިން 2016” ކުރިޔަށް ގެންގޮސްފައިވަނީ  27 ފެބުރުއަރީ ވީ ހޮނިހިރު ދުވަހު ހަވީރު 4:00 އިން 6:00 އަށް ހެންވޭރުދަނޑުގައެވެ.

މިހަރަކާތް ކުރިޔަށް ގެންދިޔުމުގެ މައިގަނޑު މަޤްސަދަކީ ފެކަލްޓީ އޮފް ހެލްތް ސައެންސަސް އަށް އަލަށް ގުޅުނު ދަރިވަރުންނަށް މަރުހަބާ ކިޔުމާއެކު ފެކަލްޓީގެ ކިޔަވަމުންދާ ދަރިވަރުން އަދި ލެކްޗަރާއިންނާއި އަލަށް ގުޅުނު ދަރިވަރުންގެ މެދުގައި އެކުވެރިކަން އާލާކޮށް ގުޅުން ބަދަހިކުރުމެވެ.

މިހަރަކާތުގައި ސްޓޯލް ތަކަކަށް ބަހައިލައިގެން އެކިކަހަލަ ކުޅިވަރުތައް ކުރިޔަށް ގެންގޮސް ފައިވެއެވެ. ސްޓޯލް ތަކުން ކުރިޔަށް ގެންދިޔަ ކުޅިވަރު ތަކުގެ ތެރޭގައި ލެމަން އެންޑް ސުޕޫން، ސެކް ރޭސް، ބަން ފަން، ރިލޭ، ބެލޫން ބާސްޓިން އަދި ތިންފައި ރޭސްއެވެ. އަދި މިހަރާތުގައި ހީލާރސް ފޮޓޯ ކޮމްޕެޓިޝަން 2016 ގެ ނަތީޖާ ފާޅުކޮށް ވަނަ ވަނަ އަށް ހޮވުނު ދަރިވަރުންނަށް ފައިސާގެ އިނާމު ވަނީ ހަވާލު ކޮށްފައެވެ.

 

މި ހަރަކާތުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އެންމެ ފުރަތަމަ އިންޓަރނޭޝަނަލް ދަރިވަރަށް މަރުހަބާ ކިޔުމުގެ ގޮތުން ހާއްސަ ހަދާނީ ފިލައެއް ވަނީ އަރުވައިފައެވެ.

 

މި ހަރަކާތުގައި ދަރިވަރުންގެ އިތުރުން ފެކަލްޓީގެ ޑީން އައިޝަތު ޝާހީން އިސްމާއިލް އާއި ފެކަލްޓީގައި ކިޔަވާދެއްވަމުން ގެންދާ ލެކްޗަރައިންވެސް ބައިވެރިވިއެވެ. ހީލަރސް ވެލްކަމް އިވްނިން 2016 ޝަރަފުވެރި ކޮށްދެއްވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޖަމިއްޔާގެ ރައީސް އަލީ ރަޝީދެވެ.