އެމްއެންޔޫ އެސްޔޫ ތިންވަނަ އިންޓަރ ފެކަލްޓީ މުބާރާތުގައި އެފްއެސްއެލްގެ ޓީމުން ނިކުންނާނީ ތަށި ދިފާއު ކުރަންކަމުގައި ޓީމްގެ ކެޕްޓަން ނަޝީދު އަބްދުﷲ (ނަޝިއްޓެ) ވިދާޅުވެއްޖެއެވެ.

ޔޫނިއަންއަށްދިން ބަސްދީގަތުމެއްގައި އެފްއެސްއެލްއަށް ފުރަތަމަ ރަން މެޑަލް ހޯދަދިން ޓީމްގެވެސް ކެޕްޓަން ނަޝީދު ވިދާޅުވީ މިއަހަރުވެސް ޓީމް ނިކުންނާނީ އިރާދަކުރެއްވިއްޔާ 2016 ވަނައަހަރުގެ ކާމިޔާބީ ތަކުރާކޮށް ތަށި ދިފާއުކުރަން ކަމަށެވެ.

“މުބާރާތަށް ޓީމް އޮތީ އެއްކޮށް ތައްޔާރުވެފައި. ހުރިހާ ކުޅުންތެރިންވެސް ތިބީ ވަރަށް އަޒުމުގައި ތަށި ދިފާޢުކުރަންވެގެން” ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ އިދިކޮޅުން ވާދަކުރަން ޖެހިލުންވާވަރުގެ ޓީމެއް ނެތްކަމަށާއި ޓީމެއް ގޮތުގައި އެންމެ ވަރުގަދަކޮށް ފެންނަނީ އެފްއެސްއެލްގެ ޓީމްކަމަށެވެ. އަދި ވޭތުވެދިޔަ އަހަރުގެ ކާމިޔާބަކީ ކުޅުންތެރިން ދެއްކި ރީތި އަޚުލާޤާއި ފެކަލްޓީއާއި ސަޕޯޓަރުން ދިން ސަޕޯޓުކަމަށާއި މިފަހަރުގެ މުބާރާތުގައިވެސް ޓީމްއަށް ސަޕޯރޓްކުރަން އައުމަށް އެފްއެސްއެލްގެ ހުރިހާ ދަރިވަރުންނަށް ގޮވާލާކަމަށެވެ.

ބުރާސްފަތި ދުވަހުގެރޭ ފެށުމަށް ހަމަޖެހިފައިވާ މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އެފްއެސްއެލްއާއި އެފްއެޗްޓީއެސްގެ ޓީމެވެ.

Leave a Reply

Your email address will not be published. Required fields are marked *