އެސް.އެސް.އެލް ގެ ހިންގާ ކޮމެޓީގެ އިސްނެގުމާއެކު “އިޒްހާމް މުޙައްމަދު މެމޯރިއަލް ކަޕް 2017″، ގެ ނަމުގައި އޯގަސްޓު 4 އަދި 5 ވާ ހަފްތާބަންދުގައި ފުޓްސަލް މުބާރާތެއް ބޭއްވުމަށް ސޮސައިޓީ އޮފް ޝަރިޢާ އެންޑް ލޯ އިން ނިންމައިފިއެވެ.

މި މުބާރާތަކީ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގައި ތަޢުލީމު ހާސިލްކުރަމުން ދަނިކޮށް ހިތާމަވެރި ހާދިސާއެއްގައި އަޅުގަނޑުމެންނާ ވަކިވެ ދިޔަ އަލްމަރްހޫމް އިޒްހާމް މުޙައްމަދުގެ ހަނދާނުގައި ބޭއްވޭ މުބާރާތެކެވެ. އަލްމަރްހޫމް އިޒްހާމް މުޙައްމަދަކީ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގައި ފުޓްސަލް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ދަރިވަރެކެވެ. އިތުރުން ހުނަރުވެރި ފުޓްސެލް ކުޅުންތެރިއެކެވެ އަދި ޤައުމީ ފެންވަރުގައިވެސް ފުޓްބޯޅައިގެ ހުނަރު ދައްކުވައިދީފައި ފަރާތެކެވެ. މިމުބާރާތުގައި މަދުވެގެން 8 ޓީމް ބައިވެރިކުރުމަށް ވަނީ ހަމަޖެހިފައެވެ..

ހަމަ އެއާއެކު މި މުބާރުތުގައި ބައިވެރިވުމަށްޓަކައި ފެކަލްޓީ އޮފް އެޑިއުކޭޝަން، ފެކަލްޓީ އޮފް ހެލްތް ސައިންސް އަދި ސެންޓަރ ފޯ ފައުންޑޭޝަން ސްޓަޑީސް ގެ ޓީމަށް ވެސް ވަނީ ދައުވަތު އެރުވިފައެވެ.

ސޮސައިޓީ އޮފް ޝަރިޢާ އެންޑް ލޯ ގެ އަމަލީ ނައިބު ރައީސް އަމަލީ އައިމިނަތު އީމާން އަބްދުލް ޢަފޫރު ވިދާޅުވީ މިފަދަ މުބާރާތްތައް ކުރިއަށް އޮތް ތަނުގައި ވެސް ބޭއްވުމަކީ ސޮސައިޓީ އޮފް ޝަރިޢާ އެންޑް ލޯ ގެ އަމާޒެއްކަމަށެވެ. އަދި މިފަދަ ހަރަކާތްތައް ކުރިއަށް ގެންދިޔުމަށްޓަކައި އެކި އެކި ފަރާތްތަކުން ވެދެއްވަމުންދާ އެހީތެރިކަމަށް ނުހަނު އިހްލާސްތެރިކަމާއެކު ޝުކުރު ދަންނަވާކަމަށެވެ.

މިއީ ސޮސައިޓީ އޮފް ޝަރިޢާ އެންޑް ލޯ އިން މި އަހަރު ކުރިއަށް ގެންދާ ދެވަނަ ފުޓްސަލް މުބާރާތެވެ.

Leave a Reply

Your email address will not be published. Required fields are marked *