ސޮސައިޓީ އޮފް ޝަރީޢާ އެންޑް ލޯ އިން ކުރިއަށް ގެންދިޔަ ފޮޓޯ ކޮމްޕެޓިޝަންގެ އެއްވަަނަ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ ގެ ދަރިވަރު ޢަލީ އިސްމާއީލް ހޯދައިފިއެވެ.

 

މި މުބާރާތަކީ ސޮސައިޓީ އޮފް ޝަރީޢާ އެންޑް ލޯ އިން އެމްއެންޔޫގެ ހުރިހާ ފެކަލްޓީތަކުގެ ދަރިވަރުންނަށް ހުޅހުވާލައިގެން ގެންދިޔަ މުބާރާތެކެވެ.

 

މުބާރާތުގައި ވަނަ ދެނީ މުބާރާތުގައި ބައިވެރިވާ ދަރިވަރުން ސޮސައިޓީ އޮފް ޝަރީޢާ އެންޑް ލޯ އަށް ފޮނުވާ ފޮޓޯތައް ސޮސައިޓީ އޮފް ޝަރީޢާ އެންޑް ލޯ ގެ ފާސްބުކް ޕޭޖަށް ލައިގެން އެ ފޮޓޯ އަކަށް ލައިކްސް ލިބޭ ވަރަށް ބަލައިގެންނެވެ.

 

ސޮސައިޓީ އޮފް ޝަރީޢާ އެންޑް ލޯ ގެ އަމަލީ ނައިބް މުހައްމަދު މުނާޒު ވިދާޅުވީ މިފަދަ ތަފާތު އަމަލީ ހަރަކާތްތައް ކުރިއަށް އޮތް ތަނުގައިވެސް ސޮސައިޓީ އޮފް ޝަރީޢާ އެންޑް ލޯ އިން ކުރިއަށް ގެންދާނެ ކަމަށެވެ.  އަދި އެއްވަނަ ހޯދި ޢަލީ އިސްމާއީލް އަށް ހޫނު މަރުހަބާއެއް ކިއާކަމަށެވެ.

 

މި މުބާރާތުގެ އެއްވަނަ ހޯދާ ފަރާތަކަށް 1500 ރުފިޔާގެ ފައިސާގެ އިނާމެއް ދޭގޮތައްވަނީ ހަމަޖެހިފައެވެ.

Leave a Reply

Your email address will not be published. Required fields are marked *