ގަން ކެމްޕަހުގެ ޔޫނިއަންގެ ގޮފިން އެކެމްޕަހުގައި ކިޔަވާ ހުރިހާ ދަރިވަރުންނަށް ބާބަކިއު އެއް ބާއްވައިފިއެވެ.

މިކަމާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އަހުރަ ގޮފީގެ ރައީސް އަލީ ޝަރީފް ވިދާޅުވީ މިއީ ގަން ކެމްޕަހުގައި ކިޔަވައި ދަރިވަރުންގެ މެދުގައި އެކުވެރިކަން އާލާކޮށް ދަރިވަރުންނަށް އަހުރަ ގޮފީގެ ހަރަކާތްތައް ތަޢާރަފް ކުރުމުގެ މަޤްޞަދުގައި ހިންގުނު ހަރަކާތެއް ކަމަށެވެ.

އަލީ ޝަރީފް ވިދާޅުވީ މިހަރަކާތް ކުރިއަށް ގެންދިޔުމުގައި ގަން ކެމްޕަހުގެ މެނޭޖްމަންޓްގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެން ދިޔަ ކަމަށާއި އެކަމަށްޓަކައި މެނޭޖްމަންޓަށް ވަރަށް ބޮޑު ޝުކުރެއް އަދާކުރާ ކަމަށެވެ.

އަލީ ޝަރީފް އިތުރަށް ވިދާޅުވީ މިއީ އަހުރަ ގޮފީގެ ހިންގާ ކޮމިޓީގެ ހުރިހާ މެންބަރުންގެ ބުރަ މަސައްކަތުން ކާމިޔާބު ކަމާއެކު ކުރިއަށް ގެންދެވުނު ހަރަކާތެއް ކަމަށެވެ.

އަހުރަ ގޮފިން ކުރިއަށް ގެންދިޔަ މިހަރަކާތުގައި ގަން ކެމްޕަހުގައި ތައުލީމް ހާސިލްކުރަމުންދާ ގިނަ އަދަދެއްގެ ދަރިވަރުންވަނީ ބައިވެރިވެފައެވެ. އަހުރަ ގޮތްޕަކީ ޔޫނިއަންގެ ގޮފިތައް ކެމްޕަސްތަކުގައި އުފެއްދުމަށް ޔޫނިއަންގެ ރައީސް އަލީ ރަޝީދު އިސްނަގައިގެން ފެށި މަސައްކަތުން އެންމެ ފުރަތަމަ އުފެދުނު ގޮތްޕެވެ.

Leave a Reply

Your email address will not be published. Required fields are marked *