ގަން ކެމްޕަސްގައި ގާއިމްކޮށްފައިވާ އަހުރަ ގޮފިން އިންތިޒާމްކުރާ ހޭންޑް ބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މިކަމާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އަހުރަ ގޮފީގެ ނައިބް ރައީސް އައިޝަތު ނަސީރާ ވިދާޅުވީ މިމުބާރާތަކީ ގަމާއި ފުނަދޫގައި ހުންނަ ސަރުކާރު އަދި އަމިއްލަ މުއައްސަސާތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މުބާރާތެއް ކަމަށާއި މިމުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މިމަހުގެ 8 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

އަންހެން ބޭފުޅުންނަށް ހާއްސަކޮށްގެން ބާއްވާ މުބާރާތުގެ ޓީމް ލިސްޓް ހުށަހަޅަންޖެހެނީ މިމަހުގެ 10 ވަނަ ދުވަހުއެވެ.

މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 10،000 ރުފިޔާ، ރަނަރއަޕް ޓީމަކަށް 5،000 ރުފިޔާ އަދި ފެއަރ ޕްލޭ ޓީމަކަށް 2500 ރުފިޔާގެ ފައިސާގެ އިނާމު ދިނުމަށްވަނީ ކަނޑައަޅާފައެވެ.

މިއީ އަހުރަ ގޮފިން ކުރިއަށް ގެންދާ މިފަދަ ފުރަތަމަ މުބާރާތެވެ.

Leave a Reply

Your email address will not be published. Required fields are marked *