05 އޮކްޓޯބަރު ވީ ބުރާސްފަތި ދުވަހު ފެކަލްޓީއޮފް ހެލްތު ސައިސްގެ ކޮންފަރެންސް ހޯލުގައި، މުދައްރިސުންގެ ދުވަސް ވަރަށް ކުލަގަދަކަމާއިއެކުވަނީ ފާހަގަކޮއްފައަވެ. 12:45 ގައި ކުރިއަށްދިޔަ މިހަފްލާގައި ހުރިހާ މުދައްރިސުންނަށް ފިނިފެންމަލުގެ ޤުލްދަސްތާއަކުން ދުވަހުގެ ހެޔޮއެދުމާއި މުބާރަކުބާދީ ފެކަލްޓީގެ އެންމެހާ ދަރިވަރުންގެ ފަރާތުންވަނީ އަރިސްކޮއްފައެވެ.

ayya teachersday

މިހަރަކާތް ރާވާ ހިންގާ އިންތިޒާމް ކޮއްފައިވަނީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ގޮފި ހީލަރސްއެވެ. ޤުރުޢާންގެ ބަރަކާތުން  ހަފްލާ ފަށައިފައިވަނީ އެޑްވާންސް ސަރޓިފިކެޓް އިން ނަރސިންގެ ދަރިވަރު ފާޠިމަތު ސާރާ، އަދި ހަފްލާގެ އެޖެންޑާ ކުރިއަށް ގެންދިޔައީ ޑިޕްލޮމާއިން ނާސިންގެ ދަރިވަރު، އަމްރާ އަޙުމަދެވެ. މިހަފްލާގައި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކައުންސިލްގައި ދަރިވަރުން ތަމްސީލުކުރައްވާ މެމްބަރު އަދި ސްޓޫޑެންޓް ޔޫނިއަންގެ ރައީސް ޢަލީ ރަޝީދު ވަނީ ހަފްލާގެ އެންމެހާ ހާޒިރީންނާއި މުޙާތަބުކޮށް ވާހަކަދައްކަވާފައެވެ. އެބޭފުޅާގެ ވާހަކައިގައި މުދައްރިސުންގެ ދުވަސް މުހިންމުވެގެންދާ ސަބަބާއިމެދު ވާހަކަދައްކައިފައިވެއެވެ. އަދި ކުޅަދާނަ، ހިންގުންތެރި، މުޖުތަމަޢުއަށް ޙިދުމަތްކުރަންތިބި ޒުވާނުން ބިނާކުރުމުގައި އެންމެ އިސްރޯލެއް އަދާކުރަނީ މުދައްރިސުންކަން ފާހަގަކޮއްފައިވެއެވެ. މީގެއިތުރުން، ހީލަރސްއަކީ ކުރިއަރަމުން ފައްކާވަމުންއަންނަ ގޮތްޕެއްކަންވެސް ފާހަގަކޮއްފައިވެއެ.

last pik teachersday

މުދައްރިސުންގެ ދުވަސް ފާހަގަ ކުރުމުގެ މުނާސަބަތުގައި، ފެކަލްޓީއޮފް ހެލްތު ސައިންސްގެ އެކިބެޗްތަކުގެ ދަރިވަރުން އިސްނަގައިގެން 4 ޑިޕާރޓުމެންޓުގެ ނަމުގައި ފެކަލްޓީގެ ހުރިހާ ޓީޗަރުންނަށް ކޭކު ހަދިޔާކޮއްފައިވެއެވެ. ޖުމްލަ 10 ކޭކު ފަޅާފައިވާއިރު، ފެކަލްޓީގެ ގިނަ ކުދިންގެ އެއްބާރުލުން ލިބުނުކަމީ ފާހަގަ ކޮށްލަންޖެހޭކަމެވެ. އަދި ހަމައެއާއިއެކު ދަރިވަރުންގެ ޔޫނިއަންއިން ދެއްވާއެއްބާރުލުމާއި އެހީތެރިކަމަށް ހީލަރސްގެނަމުގައި ޝުކުރުއަދާކުރަމެވެ.

Leave a Reply

Your email address will not be published. Required fields are marked *