05Nov 2017

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންއަކީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގައި ރަޖިސްޓްރީކޮށްގެން ހިންގާ ރާއްޖޭގެ އެންމެ މެމްބަރުންގިނަ މަދަނީ ޖަމިއްޔާއެވެ. އެހެންކަމުން ޔޫނިއަންގެ ހިންގާ ކޮމިޓީގައި މަސަައްކަތްކުރުމުގެ ފުރުޞަތު ލިބުމަކީ ޝަރަފެކެވެ. ހަމަ އެހެންމެ އެހާމެ ބޮޑު މަސްޢޫލިއްޔަތެކެވެ. ޔޫނިއަންގެ ހިންގާ ކޮމިޓީގައި މަސައްކަތްކުރި މެންބަރުންގެ ތެރެއިން 3 އަހަރު ޔޫނިއަންއަށް ޚިދުމަތްކުރުމުގެ ރިކޯޑު ހައްދަވާފައިވަނީ މިރޭ މަޤާމުން ވަކިވެ ވަޑައިގަންނަވާ މިހާރުގެ ރައީސް އަލީ ރަޝީދުއެވެ. އަލީ ރަޝީދު ޔޫނިއަންގެ ހިންގާ ކޮމިޓީއަށް އިންތިހާބުވީ […]

05Nov 2017

ސުރުހީ ތިކިޔުނީ ހަމަ ރަނގަޅަށެވެ. އެއީ އަޅުގަނޑަށް ޑީން އޮފް ސްޓޫޑަންޓްސް ނާދިޔާ އަހުމަދު (ނާދިޔާ މިސް) ސިފަވާ ގޮތެވެ. ނާދިޔާ މިސްއަށް އެމަޤާމު ހައްޤުކަމަށް އަޅުގަނޑު ހިތާ ރޫހުން ޤަބޫލުކުރަމެވެ. ބައްދަލުވާއިރު އަބަދުވެސް ހިނިތުންވެ އުފާވެރި މޫނަކައިގެން ހުންނަ ނާދިޔާ މިސްއަކީ ވަރަށްވެސް ހިތްހެޔޮ ފަރާތެކެވެ. ތައުލީމީ ދާއިރާއަށް ގިނަ ދުވަސްތަކެއް ވަންދެން އަގުހުރި ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާ އަދި މިހާރުވެސް ޚިދުމަތުގައި ދެމިހުންނެވި ނާދިޔާ މިސްއަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ހަޔާތުގައިވެސް މުހިއްމު ނަމެކެވެ. […]

06Oct 2017

05 އޮކްޓޯބަރު ވީ ބުރާސްފަތި ދުވަހު ފެކަލްޓީއޮފް ހެލްތު ސައިސްގެ ކޮންފަރެންސް ހޯލުގައި، މުދައްރިސުންގެ ދުވަސް ވަރަށް ކުލަގަދަކަމާއިއެކުވަނީ ފާހަގަކޮއްފައަވެ. 12:45 ގައި ކުރިއަށްދިޔަ މިހަފްލާގައި ހުރިހާ މުދައްރިސުންނަށް ފިނިފެންމަލުގެ ޤުލްދަސްތާއަކުން ދުވަހުގެ ހެޔޮއެދުމާއި މުބާރަކުބާދީ ފެކަލްޓީގެ އެންމެހާ ދަރިވަރުންގެ ފަރާތުންވަނީ އަރިސްކޮއްފައެވެ. މިހަރަކާތް ރާވާ ހިންގާ އިންތިޒާމް ކޮއްފައިވަނީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ގޮފި ހީލަރސްއެވެ. ޤުރުޢާންގެ ބަރަކާތުން  ހަފްލާ ފަށައިފައިވަނީ އެޑްވާންސް ސަރޓިފިކެޓް އިން ނަރސިންގެ ދަރިވަރު ފާޠިމަތު ސާރާ، އަދި […]

04Oct 2017

ގަން ކެމްޕަސްގައި ގާއިމްކޮށްފައިވާ އަހުރަ ގޮފިން އިންތިޒާމްކުރާ ހޭންޑް ބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މިކަމާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އަހުރަ ގޮފީގެ ނައިބް ރައީސް އައިޝަތު ނަސީރާ ވިދާޅުވީ މިމުބާރާތަކީ ގަމާއި ފުނަދޫގައި ހުންނަ ސަރުކާރު އަދި އަމިއްލަ މުއައްސަސާތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މުބާރާތެއް ކަމަށާއި މިމުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މިމަހުގެ 8 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. އަންހެން ބޭފުޅުންނަށް ހާއްސަކޮށްގެން ބާއްވާ މުބާރާތުގެ ޓީމް ލިސްޓް ހުށަހަޅަންޖެހެނީ މިމަހުގެ […]

01Oct 2017

ގަން ކެމްޕަހުގެ ޔޫނިއަންގެ ގޮފިން އެކެމްޕަހުގައި ކިޔަވާ ހުރިހާ ދަރިވަރުންނަށް ބާބަކިއު އެއް ބާއްވައިފިއެވެ. މިކަމާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އަހުރަ ގޮފީގެ ރައީސް އަލީ ޝަރީފް ވިދާޅުވީ މިއީ ގަން ކެމްޕަހުގައި ކިޔަވައި ދަރިވަރުންގެ މެދުގައި އެކުވެރިކަން އާލާކޮށް ދަރިވަރުންނަށް އަހުރަ ގޮފީގެ ހަރަކާތްތައް ތަޢާރަފް ކުރުމުގެ މަޤްޞަދުގައި ހިންގުނު ހަރަކާތެއް ކަމަށެވެ. އަލީ ޝަރީފް ވިދާޅުވީ މިހަރަކާތް ކުރިއަށް ގެންދިޔުމުގައި ގަން ކެމްޕަހުގެ މެނޭޖްމަންޓްގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިގެން ދިޔަ ކަމަށާއި އެކަމަށްޓަކައި […]

30Sep 2017

ޔުނިވަރސިޓީގެ ކައުންސިލާއި އެކަޑެމިކް ސެނެޓަށް ދަރިވަރުންގެ ފަރާތުން މަންދޫބުން އައްޔަންކޮށްފިއެވެ. އެގޮތުން ޔުނިވަރސިޓީގެ ކައުންސިލަށް އައްޔަންކޮށްފައިވަނީ އެފްއެސްއެލްގެ ދަރިވަރު އަދި ޔޫނިއަންގެ ރައީސް އަލީ ރަޝީދުއެވެ. ޔުނިވަރސިޓީގެ އެކަޑެމިކް ސެނެޓަށް އައްޔަން ކޮށްފައިވަނީ ފެކަލްޓީ އޮފް އެޑިއުކޭޝަންގައި ތައުލީމް ހާސިލްކުރަމުންދާ ސާޖިދު ރަޝީދުއެވެ. އަދި ޕޯސްޓް ގްރެޖުއޭޓް ދަރިވަރުންގެ ތެރެއިން އެފްއީގެ ދަރިވަރު އާދަމް ރުޝްދީއެވެ. ކައުންސިލާއި އެކަޑެމިކް ސެނެޓަށް ދަރިވަރުން ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި އިންތިހާބަށް ދާވަރަށް ކުދިން ކުރިމަތިލާފައެއް ނުވެއެވެ. ކައުންސިލާއި ސެނެޓަށް ދަރިވަރުން […]