28Jul 2017

އެމްއެންޔޫ އެސްޔޫގެ ހިންގާ ކޮމިޓީއިން ހުސްވެފައިވާ މަޤާމަކަށާއި ތަރަހަ ގޮފީގެ ހިންގާ ކޮމިޓީއިން ހުސްވެފައިވާ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ޔޫނިއަންގެ ހިންގާ ކޮމިޓީއިން ހުސްވެފައިވަނީ ހަޒާންދާރުގެ މަޤާމެވެ. މިމަޤާމު ހުސްވެފައިވަނީ އެމަޤާމުގައި ހުރި އިބްރާހިމް ހަނީފް މަޤާމުން އިސްތިއުފާ ދިނުމުންނެވެ. ތަރަހަ ގޮފިން ހުސްވެފައިވާ މަޤާމުތަކާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ޔޫނިއަންގެ ނައިބް ރައީސް އަލީ ޝަމްޢުން ވިދާޅުވީ ތަރަހަ ގޮފިން ހުސްވެފައިވަނީ ނައިބް ރައީސް (ޢިލްމީ)، ހަޒާންދާރު އަދި މީޑިއާ ކޯޑިނޭޓަރގެ މަޤާމެވެ. މިމަޤާމުތަކަށް […]

27Jul 2017

ނެޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ކުރިއަށް ގެންދިޔަ އެއްވަނަ އިންޓަރ ކޮލެޖް ޔުނިވަރސިޓީ ނެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން ހޯދައިފިއެވެ. އަންގާރަ ދުވަހުގެރޭ ކުޅެވުނު ފައިނަލް މެޗުގައި އެމްއެންޔޫ ޗެމްޕިއަންކަން ހޯދީ ވިލާ ކޮލެޖާއި ވާދަކޮށް 53 ޕޮއިންޓް 8 ޕޮއިންޓުންނެވެ. މިމުބާރާތުގެ އެންމެ މޮޅު ހަތް ކުޅުންތެރިންގެ ތެރޭގައި އެމްއެންޔޫގެ ހަތަރު ކުޅުންތެރިޔަކު ހިމެނުނެވެ. އެއީ – އައިޝަތު އަނާން އަނިލް – އަނާން އަލީ ރަޝީދު – […]

26Jul 2017

އެމްއެންޔޫ އެސްޔޫ ފަސްވަނަ ފުޓްސަލް ފިއެސްޓާގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. އެމްއެންޔޫގެ ފެކަލްޓީތަކާއި މަތީ ތައުލީމުދޭ އެހެން މުއައްސަސާތަކަށްވެސް ހުޅުވާލައިގެން ކުރިއަށް ގެންދާ މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ފޯމް ހުށަހަޅާންވީ ގޮތުގެ ތަފްސީލް ތިރީގައި އެވަނީއެވެ. އެމްއެންޔޫގެ ފެކަލްޓީތައް – ބައިވެރިވުމަށް އެދި ފޯމް ހުށަހެޅުމުގެ ސުންގަޑިއަކީ 27 ޖުލައި 2017 ވާ ބުރާސްފަތި ދުވަހުގެރޭ 21:00 – ޓީމް ލިސްޓު ހުށަހެޅުމުގެ ސުންގަޑިއަކީ 6 އޮގަސްޓް 2017 ވާ އާދިއްތަ ދުވަހުގެ 16:00 ދައުވަތު […]

25Jul 2017

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ހިންގާ ކޮމިޓީގެ ހަޒާންދާރުގެ މަޤާމު ފުރަމުންއައި އިބްރާހިމް ހަނީފް އެމަޤާމުން އިސްތިއުފާ ދީފިއެވެ. އިބްރާހިމް ހަނީފްގެ އިސްތިއުފާގެ ސިޓީގައި ބަޔާންކޮށްފައިވާ ގޮތުން މަޤާމުން އިސްތިއުފާ ދިނީ ހިނގަމުންމިދާ 2017 ވަނަ އަހަރުގެ ދެވަނަ ސެމިސްޓަރގެ އެއްވެސް ކޯހަކަށް ރަޖިސްޓަރ ވެފައިނުވާތީއެވެ. ޔޫނިއަންގެ ހިންގާ ޤަވައިދު ބުނާގޮތުން ހިންގާ ކޮމިޓީގެ މެމްބަރަކަށްވެވޭނީ ޔުނިވަރސިޓީގައި ކޯހަކަށް ރަޖިސްޓަރވެ ކިޔަވަމުންދާ ދަރިވަރަކަށެވެ. އިބްރާހިމް ހަނީފް ޔޫނިއަންގެ ހިންގާ ކޮމިޓީއާއި ގުޅުނީ މިދިޔަ އަހަރުގެ މެދުތެރެއިން […]

24Jul 2017

ސޮސައިޓީ އޮފް ޝަރީޢާ އެންޑް ލޯ އިން ކުރިއަށް ގެންދިޔަ ފޮޓޯ ކޮމްޕެޓިޝަންގެ އެއްވަަނަ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ ގެ ދަރިވަރު ޢަލީ އިސްމާއީލް ހޯދައިފިއެވެ.   މި މުބާރާތަކީ ސޮސައިޓީ އޮފް ޝަރީޢާ އެންޑް ލޯ އިން އެމްއެންޔޫގެ ހުރިހާ ފެކަލްޓީތަކުގެ ދަރިވަރުންނަށް ހުޅހުވާލައިގެން ގެންދިޔަ މުބާރާތެކެވެ.   މުބާރާތުގައި ވަނަ ދެނީ މުބާރާތުގައި ބައިވެރިވާ ދަރިވަރުން ސޮސައިޓީ އޮފް ޝަރީޢާ އެންޑް ލޯ އަށް ފޮނުވާ ފޮޓޯތައް ސޮސައިޓީ އޮފް ޝަރީޢާ […]

24Jul 2017

އެސް.އެސް.އެލް ގެ ހިންގާ ކޮމެޓީގެ އިސްނެގުމާއެކު “އިޒްހާމް މުޙައްމަދު މެމޯރިއަލް ކަޕް 2017″، ގެ ނަމުގައި އޯގަސްޓު 4 އަދި 5 ވާ ހަފްތާބަންދުގައި ފުޓްސަލް މުބާރާތެއް ބޭއްވުމަށް ސޮސައިޓީ އޮފް ޝަރިޢާ އެންޑް ލޯ އިން ނިންމައިފިއެވެ. މި މުބާރާތަކީ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގައި ތަޢުލީމު ހާސިލްކުރަމުން ދަނިކޮށް ހިތާމަވެރި ހާދިސާއެއްގައި އަޅުގަނޑުމެންނާ ވަކިވެ ދިޔަ އަލްމަރްހޫމް އިޒްހާމް މުޙައްމަދުގެ ހަނދާނުގައި ބޭއްވޭ މުބާރާތެކެވެ. އަލްމަރްހޫމް އިޒްހާމް މުޙައްމަދަކީ ފެކަލްޓީ އޮފް ޝަރީޢާ […]