29Nov 2017

ޒުވާނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯރޓްސްއިން އިންތިޒާމުކޮށްގެން “ޔޫތު ފޯރަމް 2017″ގެ ނަމުގައި ފޯރަމެއް ބާއްވައިފިއެވެ. މި ފޯރަމް ކުރިއަށްދިޔައީ 28 ނޮވެންބަރު 2017 ވީ އަންގާރަދުވަހުގެ ހެނދުނު 08.00ން ހަވީރު 06.00 އަށް ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައެވެ. މި ފޯރަމުގެ ނިންމުމުގެ ރަސްމިއްޔާތުވެސް ބޭއްވިގެންދިޔައީ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި އެރޭގެ 08.30 ގައެވެ. ޒުވާނުންގެ ދުވަސް ފާހަގަކުރުމުގެގޮތުން ބޭއްވި މިފޯރަމް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދީފައިވަނީ ޔޫތު މިނިސްޓަރ އަލްފާޟިލާ އިރުތިޝާމް […]

06Nov 2017

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ 6 ވަނަ ދައުރުގެ ހިންގާ ކޮމިޓީ އިފްތިތާޙުކޮށްފިއެވެ. ހިންގާ ކޮމިޓި އިފްތިތާޙު ކުރުމުގެ ޖަލްސާ ބާއްވާފައިވަނީ ނޮވެމްބަރ މަހުގެ 5 ވީ އާދީއްތަ ދުވަހުގެރޭ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ އޮޑިޓޯރިއަމްގައެވެ. މި ޖަލްސާ ޝަރަފްވެރި ކޮށްދެއްވާފައިވަނީ ސިވިލްސާރވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމެވެ. އަދި މާފަންނު ދެކުނުދާއިރާގެ އިއްޒަތްތެރި މެންބަރު އަލްފާޟިލް އަބްދުﷲ ރިފާޢު ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައިވެއެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވައިސް […]

10Aug 2017

ޔޫނިއަންއިން ކުރިއަށްގެންދާ ފުޓްސަލް ފިއެސްޓާގެ މެއިން ސްޕޮންސަރއަކަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ހަމަޖައްސާ އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ. އެމްޕީއެލްއާއެކު ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރޭ އެފްއީ އޮޑިޓޯރިއަމްގައި މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މިރަސްމިއްޔާތުގައިވަނީ ކޯ ސްޕޮންސަރ ތިލަފުށި ކޯޕަރޭޝަން އަދި ޕްރިންޓިން ޕާޓްނަރ ޕްރިންޓް ލެބް އާއެކުވެސް އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީއީއޯ އަބްދުލްރަައްޒާގު ހަލީމް ވިދާޅުވީ އެކުންފުނީގެ ފަރާތުން މިމުބާރާތް ސްޕޮންސަރ ކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޒުވާނުން […]

27Jul 2017

ނެޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން ކުރިއަށް ގެންދިޔަ އެއްވަނަ އިންޓަރ ކޮލެޖް ޔުނިވަރސިޓީ ނެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އިން ހޯދައިފިއެވެ. އަންގާރަ ދުވަހުގެރޭ ކުޅެވުނު ފައިނަލް މެޗުގައި އެމްއެންޔޫ ޗެމްޕިއަންކަން ހޯދީ ވިލާ ކޮލެޖާއި ވާދަކޮށް 53 ޕޮއިންޓް 8 ޕޮއިންޓުންނެވެ. މިމުބާރާތުގެ އެންމެ މޮޅު ހަތް ކުޅުންތެރިންގެ ތެރޭގައި އެމްއެންޔޫގެ ހަތަރު ކުޅުންތެރިޔަކު ހިމެނުނެވެ. އެއީ – އައިޝަތު އަނާން އަނިލް – އަނާން އަލީ ރަޝީދު – […]

26Jul 2017

އެމްއެންޔޫ އެސްޔޫ ފަސްވަނަ ފުޓްސަލް ފިއެސްޓާގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. އެމްއެންޔޫގެ ފެކަލްޓީތަކާއި މަތީ ތައުލީމުދޭ އެހެން މުއައްސަސާތަކަށްވެސް ހުޅުވާލައިގެން ކުރިއަށް ގެންދާ މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ފޯމް ހުށަހަޅާންވީ ގޮތުގެ ތަފްސީލް ތިރީގައި އެވަނީއެވެ. އެމްއެންޔޫގެ ފެކަލްޓީތައް – ބައިވެރިވުމަށް އެދި ފޯމް ހުށަހެޅުމުގެ ސުންގަޑިއަކީ 27 ޖުލައި 2017 ވާ ބުރާސްފަތި ދުވަހުގެރޭ 21:00 – ޓީމް ލިސްޓު ހުށަހެޅުމުގެ ސުންގަޑިއަކީ 6 އޮގަސްޓް 2017 ވާ އާދިއްތަ ދުވަހުގެ 16:00 ދައުވަތު […]

24Jul 2017

ސޮސައިޓީ އޮފް ޝަރީޢާ އެންޑް ލޯ އިން ކުރިއަށް ގެންދިޔަ ފޮޓޯ ކޮމްޕެޓިޝަންގެ އެއްވަަނަ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ ގެ ދަރިވަރު ޢަލީ އިސްމާއީލް ހޯދައިފިއެވެ.   މި މުބާރާތަކީ ސޮސައިޓީ އޮފް ޝަރީޢާ އެންޑް ލޯ އިން އެމްއެންޔޫގެ ހުރިހާ ފެކަލްޓީތަކުގެ ދަރިވަރުންނަށް ހުޅހުވާލައިގެން ގެންދިޔަ މުބާރާތެކެވެ.   މުބާރާތުގައި ވަނަ ދެނީ މުބާރާތުގައި ބައިވެރިވާ ދަރިވަރުން ސޮސައިޓީ އޮފް ޝަރީޢާ އެންޑް ލޯ އަށް ފޮނުވާ ފޮޓޯތައް ސޮސައިޓީ އޮފް ޝަރީޢާ […]