ހިންގާ ކޮމިޓީ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަންއަކީ، ޤާނޫނު ނަންބަރު 1/2003 (ޖަމްޢިއްޔާތަކާ ބެހޭ ޤާނޫނު)ވާ ގޮތުގެ މަތީން ރެޖިސްޓްރީކުރެވިފައިވާ މަދަނީ ޖަމްޢިއްޔާއެކެވެ. މި ޖަމްޢިއްޔާގެ ރެޖިސްޓްރީ ނަންބަރަކީ T/2012/99/53 އެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަން އެކުލެވިފައިވަނީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ މައްޗަށެވެ. އެގޮތުން، މި ޖަމްޢިއްޔާގެ ހިންގާ ޤަވާޢިދުގައިވަ ގޮތުގެ މަތީން ޖަމްޢިއްޔާއިން ވަކި ނުވާހާ ހިނދަކު، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގައި ކިޔަވަމުން ގެންދާ ކޮންމެ ދަރިވަރަކީ މި ޖަމްޢިއްޔާގެ މެންބަރެކެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ހިންގާ ކޮމެޓީ  ކޮންމެ އަހަރަކު އެއް ފަހަރު އެކުލަވާލަން ޖެހެއެވެ. 8 މެންބަރުންގެ މައްޗަށް އެކުލެވޭ ހިންގާ ކޮމެޓީ ހޮވާނީ ޢާއްމު މެންބަރުންގެ މެދުގައި ބޭއްވޭ އިންތިޚާބަކުންނެވެ. ޤައުމީ ޔުނިވާސިޓީގެ އެކި ފެކަލްޓީގެ މެދުގައާއި ދަރިވަރުންގެ މެދުގައި ތަފާތު ޙަރަކާތްތައް ރާވާ ހިންގުމުގެ އިތުރުން، ޤައުމީ މުބާރާތްތަކަށާއި އިންޓަރ ކޮލެޖް / ޔުނިވާސިޓީ މުބާރާތްތަަކަށް ޤައުމީ ޔުނިވާސިޓީގެ ޓީމްތައް ނެރުމުގެ އެންމެހާ މަސްއޫލިއްޔަތެއް އުފުލަމުން ގެންދަނީ ދަރިވަރުންގެ ޔޫނިއަންއިންނެވެ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީގެ ކޮންމެ ފެކަލްޓީއެއްގައި މި ޖަމްޢިއްޔާގެ ގޮތްޕެއް އޮންނާނެއެވެ. ގޮފިތަކުގެ މައިގަނޑު މަޤްސަދަކީ ފެކަލްޓީތަކުގައި ޙަރަކާތްތައް ރާވާ ހިންގުމެވެ. 6 މެންބަރުންގެ މައްޗަށް އެކުލެވޭ ހިންގާ ކޮމެޓީގެ ދައުރަކީ ވެސް އެއް އަހަރު ދުވަހެވެ.


ރައީސް – އަރުޝަދު އަޝްރަފް


ނައިބު ރައީސް (ޢިލްމީ) – އާދަމް ރުޝްދީ


ނައިބު ރައީސް (ގޮފިތައް) – ޢަލީ ޝަމްޢޫން


ނައިބު ރައީސް (ޢަމަލީ) – ޙަސަން ޝާހު


ސެކްރެޓަރީ – އަނާ އަޙްމަދު


ޚަޒާންދާރު – ޢަބްދުﷲ ޝަހުނީޒް


މީޑިއާ ކޯޑިނޭޓަރ – މުޙައްމަދު ޝާން ޢާމިރު


އ. ސެކްރެޓަރީ – ޙައްވާ ނައުޝާ