އެމްއެންޔޫ އެސްޔޫގެ ހިންގާ ކޮމިޓީއިން ހުސްވެފައިވާ މަޤާމަކަށާއި ތަރަހަ ގޮފީގެ ހިންގާ ކޮމިޓީއިން ހުސްވެފައިވާ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ޔޫނިއަންގެ ހިންގާ ކޮމިޓީއިން ހުސްވެފައިވަނީ ހަޒާންދާރުގެ މަޤާމެވެ. މިމަޤާމު ހުސްވެފައިވަނީ އެމަޤާމުގައި ހުރި އިބްރާހިމް ހަނީފް މަޤާމުން އިސްތިއުފާ ދިނުމުންނެވެ.

ތަރަހަ ގޮފިން ހުސްވެފައިވާ މަޤާމުތަކާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ޔޫނިއަންގެ ނައިބް ރައީސް އަލީ ޝަމްޢުން ވިދާޅުވީ ތަރަހަ ގޮފިން ހުސްވެފައިވަނީ ނައިބް ރައީސް (ޢިލްމީ)، ހަޒާންދާރު އަދި މީޑިއާ ކޯޑިނޭޓަރގެ މަޤާމެވެ. މިމަޤާމުތަކަށް ކުރިމަތިލުމަށް ޝައުޤުވެރިވާ އަދި ޝަރުތުހަމަވާ ދަރިވަރުން މިމަހުގެ 31 ވަނަ ދުވަހުގެ 14:00 ގެ ކުރިން އެކަމަށް އެދި ފޯމް ހުށަހަޅަންޖެހޭނެ ކަމަށް ޝަމްޢޫން އިތުރަށް ވިދާޅުވިއެވެ.

ފޯމް ހުށަހަޅާނީ ދަރިވަރުންގެ ޚިދުމަތްތަކާއި ބެހޭ ބަޔަށެވެ. ޔޫނިއަންގެ ވެބްސައިޓުން ފޯމް ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *