08Aug 2017

އިންޖިނިއަރިންގ ޓެކްނޮލޮޖީ އެސޯސިއޭޝަން (އީޓާ)ގެ ފަރާތުން އިންތިޒާމުކޮށްގެން ބޭއްވި “އީޓާ ރަމަޟާން ކުއިޒް 1438″ގެ އެއްވަނަ އަށް ދިޔަ ފަރާތްތަކަށް އިނާމު ޙަވާލުކޮށްފިއެވެ. ވޭތުވެދިޔަ ރަމަޟާންމަހުގެ ފަހު ދިހައެއްގައި އީޓާގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް ކުރިއަށްގެންދިޔަ މި ޙަރަކާތުން އެއްވަރަކަށް ޕޮއިންޓް ލިބިގެން ދެ ފަރާތަކުންވަނީ އެއްވަނަ ޙާޞިލްކޮށްފައެވެ. ރަމަޟާން މަހުގެ ފަހުދިހައެއްގެ ކޮންމެ ދުވަހެއްގައި ވެސް ކީރިތި ޤުރްއާނާއި ގުޅޭގޮތުން ސުވާލެއް ޕޯސްޓްކޮށް އެ ސުވާލުގެ ޖަވާބު ގޫގުލް ފޯމް މެދުވެރިކޮށް ފޮނުވޭނޭ އިންތިޒާމު އީޓާގެ […]

12May 2017

ސްޓޫޑެންޓްސް އޮފް އިންޖިނިއަރިންގ ޓެކްނޮލޮޖީ (އެސް.އީ.ޓީ) އާއި އެފް.އީ.ޓީގެ އެޑްމިން ޓީމް ގުޅިގެން “އެފް.އީ.ޓީ މާހެފުން 1438” ނަމުގައި ޙަރަކާތެއް ބާއްވައިފިއެވެ. ވޭތުވެދިޔަ އަހަރެކޭވެސް އެއްގޮތަށް މި ޙަރަކާތުގައި އެފް.އީ.ޓީގެ އެންމެހާ ދަރިވަރުންނާއި، މެނޭޖްމަންޓްގެ އެންމެހާ ބޭފުޅުންނާއި، އެޑްމިނިސްޓްރޭޝަންގައި މަސައްކަތްކުރާ އެންމެހާ ބޭފުޅުން ބައިވެރިވިއެވެ. މި ޙަރަކާތް ކުރިއަށް ދިޔައީ 12 މެއި  2017ވީ ހުކުރުދުވަހުގެރޭ 08.00ން 10.00 އަށް އެފް.އެޗް.ޓީ.އެސް ގެ ގްރައުންޑް ގައެވެ. މާހެފުމަކީ ދިވެހީންގެ ޘަޤާފީކަމެއްގެ ގޮތުގައި އެތަކެއް އަހަރުތަކެއް ކުރިއްސުރެ، މާތްވެގެންވާ […]

29Apr 2017

ސްޓޫޑެންޓްސް އޮފް އިންޖިނިއަރިންގ ޓެކްނޮލޮޖީ (އެސް.އީ.ޓީ)ގެ ފަރާތުން އިންތިޒާމުކޮށްގެން ބޭއްވި އެސް.އީ.ޓީ ފުޓްސަލް މޭނިއާ 2017ގެ ޗެމްޕިއަންކަން “ރެފިއުޖީސް” ހޯދައިފިއެވެ. 29 އޭޕްރީލް 2017ވީ ހޮނިހިރުދުވަހުގެ ހަވީރު 04.00ގައި ކުޅެވުނު ފައިނަލް މެޗުގައި “ރެފިއުޖީސް” ބައްދަލުކުރީ “އެރީ ކެޓީ” އާއި ދެކޮޅަށެވެ. ފޯރިގަދަ ކުޅުމަކަށްފަހު “ރެފިއުޖީސް”އިން މި މެޗު ކާމިޔާބުކުރީ 5-3 ގެ ނަތީޖާއަކުންނެވެ. މުބާރާތުގެ ފައިނަލު މެޗު ޝަރަފުވެރިކޮށްދެއްވީ އެމް.އެން.ޔޫ.އެސް.ޔޫގެ ޢިލްމީ ނައިބު ރައީސް އަލްފާޟިލް ޝާފިޢު އަޙުމަދެވެ. މީގެ އިތުރުން ޝަރަފުވެރިންގެ ގޮތުގައި ބީ.އެސް.އެސް.އޭގެ […]

29Apr 2017

ސްޓޫޑެންޓްސް އޮފް އިންޖިނިއަރިންގ ޓެކްނޮލޮޖީ (އެސް.އީ.ޓީ)އިން އިންތިޒާމުކޮށްގެން ބާއްވާ “އެސް.އީ.ޓީ ފުޓްސަލް މޭނިއާ 2017″ގެ ނިންމާލުމުގެ ރަސްމިއްޔާތު ފެށުމުގެ ގޮތުން ކުޅޭ މެޗެއްގެ ގޮތުގައި އެސް.އީ.ޓީގެ އަންހެން ޓީމާއި އެސް.އެސް.އެލްގެ އަންހެން ޓީމުން އެކުވެރިކަމުގެ ފުޓްސަލް މެޗެއް ކުޅެފިއެވެ. މި މެޗު ކުޅުނީ 29 އޭޕްރީލް 2017ވީ ހޮނިހިރު ދުވަހުގެ މެންދުރުފަހު 03.30 ގައި އެސް.އީ.ޓީ ފުޓްސަލް މޭނިއާ ހިނގަމުންދާ “ބީ.ޖީ ސްޕޯރޓްސް ކްލަބް”ގެ ފުޓްސަލް ދަނޑުގައެވެ. މި މެޗަކީ އެސް.އީ.ޓީއިން އިންތިޒާމު ކޮށްގެން ބޭއްވި “އެސް.އީ.ޓީ […]

29Apr 2017

ސްޓޫޑެންޓްސް އޮފް އިންޖިނިއަރިންގ ޓެކްނޮލޮޖީ (އެސް.އީ.ޓީ)ގެ ފަރާތުން އިންތިޒާމުކޮށް ބާއްވާ “އެސް.އީ.ޓީ ފުޓްސަލް މޭނިއާ 2017″ގެ ސެމީ ފައިނަލް މެޗުތައް ކުޅެފިއެވެ. 29 އޭޕްރީލް 2017ވީ ހޮނިހިރު ދުވަހުގެ ހެނދުނު 09.00 ން 10.00 އަށް ކުރިއަށް ދިޔަ މި 2 މެޗުވެސް ކުޅެފައިވަނީ މުބާރާތް  ކުރިއަށްދާ “ބީ.ޖީ ސްޕޯރޓްސް ކްލަބް”ގެ ފުޓްސަލް ދަނޑުގައެވެ. ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި “ރެފިއުޖީސް” އަދި “އެފް.ސީ އަލްފަ” ބައްދަލުކުރި މެޗު ފަސޭހަކަމާއެކު 4-0ގެ ނަތީޖާއަކުން ކާމިޔާބުކޮށް ފައިނަލުގެ ފުރަތަމަ […]

28Apr 2017

ސްޓޫޑެންޓްސް އޮފް އިންޖިނިއަރިންގ ޓެކްނޮލޮޖީ (އެސް.އީ.ޓީ)އިން އިންތިޒާމުކޮށްގެން ބާއްވާ “އެސް.އީ.ޓީ ފުޓްސަލް މޭނިއާ 2017″ގެ ގްރޫޕް ސްޓޭޖް މެޗުތައް ކުޅެ ނިމިއްޖެއެވެ. “ބީޖީ ސްޕޯރޓްސް ކްލަބް”ގެ ފުޓްސަލް ދަނޑުގައި ކުޅެވޭ މި މުބާރާތުގެ ގްރޫޕް ސްޓޭޖް މެޗުތައް ކުޅުނީ ދެ ދަންފަޅިއަކަށް ބަހާލައިގެންނެވެ. އެގޮތުން 28 އޭޕްރީލް 2017ވީ ހުކުރު ދުވަހުގެ ހެނދުނު 08.00 ން 11.00 އަށް 5 މެޗު ކުޅެފައިވާ އިރު، ބާކީ 4 މެޗު ކުޅެވިގެންދިޔައީ ހަމަ އެދުވަހުގެ މެންދުރުފަހު 03.00 ން […]

27Apr 2017

ސްޓޫޑެންޓްސް އޮފް އިންޖިނިއަރިންގ ޓެކްނޮލޮޖީގެ ފަރާތުން ބާއްވަން ހަމަޖެހިފައިވާ ފުޓްސަލް މުބާރާތުގައި ބައިވެރިވާ ޓީމުތަކުގެ މެދުގައި ގުރުއަތުލުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މި ރަސްމިއްޔާތު ބޭއްވުނީ 25 އޭޕްރީލް 2017ވީ އަންގާރަދުވަހުގެރޭ 08.00ގައި ޞަލާޙުއްދީން ބިލްޑިންގ ގެ “ސިވިލް ސްޓޫޑިއޯ”ގައެވެ. މުބާރާތް ކުރިއަށްދިއުމަށް ހަމަޖެހިފައިވަނީ ބައިވެރިވި 7 ޓީމު 2 ގުރޫޕަކަށް ބަހާލުމަށްފަހު ކޮންމެ ގުރޫޕަކުން 2 ޓީމު ސެމީ ފައިނަލަށްދާ ގޮތަށެވެ. މި މުބާރާތުގައި އެފް.އީ.ޓީ އިން ޖުމްލަ 6 ޓީމު ބައިވެރިވެފައިވާއިރު ޚާއްޞަ ޓީމެއްގެ ގޮތުގައި […]

15Apr 2017

“އަޅުގަނޑުމެން މިތިބީ ހަމައިގައޭ އިނގޭތޯ؟” މިއީ 2017 ވަނަ އަހަރު އެމް.އެން.ޔޫ.އެސް.ޔޫ (މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ ސްޓޫޑެންޓްސް ޔޫނިއަން)އިން ބޭއްވި “އިންޓަރ ފެކަލްޓީ ބަހުސް މުބާރާތު”ގައި އެފް.އީ.ޓީގެ ޓީމުގެ ބައިވެރިޔަކު އިދިކޮޅު ޓީމަކާ މުޚާޠަބު ކުރައްވާ ވިދާޅުވި ބަސްކޮޅެކެވެ. އެހެންވެސް ވެދާނެއެވެ. އެފް.އީ.ޓީ ޓީމުގައި ތިބީ ހަމަ ޔަޤީނުންވެސް ވަރަށް ކުޅަދާނަ އަދި ވަރަށް ހިތްވަރުގަދަ ކުދިންކޮޅެކެވެ. އެ ކުދިންކޮޅު ހަމައިގައި ނުތިބޭނޭކަމަކަށް އަޅުގަނޑުވެސް ޤަބޫލެއްނުކުރަމެވެ. އެހެން ނަމަވެސް ދަންނަވަން މި އުޅެނީ އެހެން ވާހަކައެކެވެ. އެފް.އީ.ޓީ […]

12Apr 2017

ސްޓޫޑެންޓްސް އޮފް އިންޖިނިއަރިންގ ޓެކްނޮލޮޖީގެ ފަރާތުން ބޭއްވުމަށް ހަމަޖެހިފައިވާ “އެސް.އީ.ޓީ ފުޓްސަލް މޭނިއާ 2017″ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. 28 އަދި 29 އޭޕްރީލްގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ އެފް.އީ.ޓީގައި މިއަހަރު ތަޢުލީމު ޙާޞިލުކުރަމުން އަންނަ ފިރިހެން ދަރިވަރުންނަށެވެ. މަދުވެގެން 7 ކުޅުންތެރިންނާއެކު ޓީމެއް އެކުލަވާލުމަށްފަހު ބައިވެރިވެވޭގޮތަށް އިންތިޒާމު ކުރެވިފައިވާ މި މުބާރާތަކީ އެސް.އީ.ޓީގެ ފަރާތުން ފުރަތަމަ ސެމިސްޓަރގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ޙަރަކާތެވެ. މުބާރާތަށް ޓީމު ލިސްޓު ހުށަހެޅުމުގެ […]

08Apr 2017

ސްޓޫޑެންޓްސް އޮފް އިންޖިނިއަރިންގ ޓެކްނޮލޮޖީ (އެސް.އީ.ޓީ)ގެ ހިންގާ ކޮމިޓީގެ ފަރާތުން “އެސް.އީ.ޓީގެ ހިންގާ ކޮމިޓީގެ އެޑްވައިޒަރީ އެންޑް އެސިސްޓެންސް ބޯޑު”ގެ ނަމުގައި ބޯޑެއް އެކުލަވާލައިފިއެވެ. މި ބޯޑުގެ މަޤްޞަދަކީ ހިންގާ ކޮމިޓީއަށް ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުމާއި، ހިންގާ ކޮމިޓީއަށް ފަންނީ އަދި ޢިލްމީ ލަފާއެރުވުމެވެ. ބޯޑު އުފެއްދުމަށް ނިންމީ އެސް.އީ.ޓީ ހިންގާ ކޮމިޓީގެ 2 ވަނަ ބައްދަލުވުމުގައި ފާސްކުރި ފާސްކުރުމަކުންނެވެ. މި ބޯޑުގައި 6 މެންބަރުން ހިމެނޭއިރު، ބޯޑުގެ ކޮންމެ މެންބަރަކީވެސް އެސް.އީ.ޓީގެ ހިންގާ ކޮމިޓީގެ […]

  • 1
  • 2