06Oct 2017

05 އޮކްޓޯބަރު ވީ ބުރާސްފަތި ދުވަހު ފެކަލްޓީއޮފް ހެލްތު ސައިސްގެ ކޮންފަރެންސް ހޯލުގައި، މުދައްރިސުންގެ ދުވަސް ވަރަށް ކުލަގަދަކަމާއިއެކުވަނީ ފާހަގަކޮއްފައަވެ. 12:45 ގައި ކުރިއަށްދިޔަ މިހަފްލާގައި ހުރިހާ މުދައްރިސުންނަށް ފިނިފެންމަލުގެ ޤުލްދަސްތާއަކުން ދުވަހުގެ ހެޔޮއެދުމާއި މުބާރަކުބާދީ ފެކަލްޓީގެ އެންމެހާ ދަރިވަރުންގެ ފަރާތުންވަނީ އަރިސްކޮއްފައެވެ. މިހަރަކާތް ރާވާ ހިންގާ އިންތިޒާމް ކޮއްފައިވަނީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ގޮފި ހީލަރސްއެވެ. ޤުރުޢާންގެ ބަރަކާތުން  ހަފްލާ ފަށައިފައިވަނީ އެޑްވާންސް ސަރޓިފިކެޓް އިން ނަރސިންގެ ދަރިވަރު ފާޠިމަތު ސާރާ، އަދި […]

20Sep 2017

އެމް.އެން.ޑީ.އެފްއާއި  އެފް.އެޗް.އެސް ގުޅިގެން  އަޙުމަދިއްޔާ އިންޓަރނޭޝަނަމް ސްކޫލްގައި، 20 ސެޕްޓެމްބަރ 2017ގެ ހެނދުނު 9:00 އިން 11:00އަށް ވަނީސްކޫލް ހެލްތު ސްކްރީނިން ޕްރޮގްރާމް 2017ގެ އެންމެފަހު ހެލްތު ސްކްރީނިން ކުރިއަށްގެންގޮސްފައެވެ. މި ޕްރޮގްރާމަކީމީ އެހެން އަހަރުތަކެކޭވެސް އެއްފަދައިން  އެމް.އެން.ޑީ.އެފް މެޑިކަލް ސަރވިސަސްގެ ޓްރެއިނިން، ރީސަރޗް އެންޑް ޑިވެލޮޕްމެންޓް ޑިޕާޓްމެންޓްއިން އިސްނަގައިގެން  އަލަށް ގްރޭޑް 01ކަށް ވަންނަ ދަރިވަރުންނަށް ޙާއްޞަކޮއްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. 2017 ވަނަ އަހަރުގެ މި ހެލްތު ސްކްރީނިން ޕްރޮގްރާމް ކުރިއަށްގެންދިއުމުގައި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ، […]

19Sep 2017

19 ސެޕްޓެމްބަރ 2017ވީ އަންގާރަ ދުވަހުވަނީ  “ހޭންޑް ވޮޝިން” ސެޝަނެއް  މާފަންނު މަދަރުސާގެ  ސްޓާ ހަރަކާތުގެ ދަރިވަރުންނަށްވަނީ  ބާއްވާފައެވެ. މިސެޝަން ކުރިއަށްގެންދިޔައީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ގޮފި ހީލަރސްގެފަރާތުން,  އެފް.އެޗް.އެސްގައި ނަރސިން ކިޔަވަމުންދާ  ދަރިވަރުންތަކެއް ބައިވެރިކޮއްގެންނެވެ. ދެ ދަންފަޅިއަކަށް ބަހާލައިގެން ހިންގި މިޕްރޮގްރާމެގެ ހެނދުނުގެ ސެޝަން ކުރިއަށް ގެންދިޔައީ  9:00އިން 10:00އަށް، އަދި މެންދުރު ސެޝަން ކުރިއަށް ގެންދިޔައީ  14:00އިން 15:00އަށް މާފަންނު މަދަރުސާގައިއެވެ. 30 ވުރެގިނަ  ދަރިވަރުން ބައިވެރިވި މި ސެޝަންގައި، އަތްދޮވުމުގެ ރީތި އާދަތަކާއި […]

04Aug 2017

2017ގެ ދެވަނަ ޓާމަށް އެފް.އެޗް.އެސްއަށް އަލަށް ގުޅުނު  ދަރިވަރުންނަށް މަރުޙަބާ ކިއުމުގެ ގޮތުން  ހީލަރސް ވެލްކަމް ނައިޓްގެ ނަމުގައި ފެކަލްޓީ އޮފް ހެލްތު ސައިންސަސްގެ ސްޓޫޑެންޓްް  ޔޫނިއަންއިން އިސްނަގައިގެން   ސްޓޭޖް ޝޯއެއް ބާއްވައިފިއެވެ.   ރޭ 20:30ން 23:30 އަށް އެފް.އެޗް.އެސް ކޮންފަރރެންސް ހޯލުގައި ވަރަށް ކުލަގަދަކަމާއިއެކު ކުރިއަށްދިޔަ މި ސްޓޭޖް ޝޯ ޕްރެޒެންޓް ކޮއްދީފައިވަނީ ފެކަލްޓީގައި ތަޢުލީމު ޙާސިލުކުރަމުންދާ ، ޑިޕްލޮމާއިން ނަރސިންގެ ދެ ދަރިވަރުން، މަރިޔަމް ފައިސަލް އަދި  އަމްރާ އަޙުމަދެވެ . ސްޓޭޖް ޝޯގައި […]

08Apr 2016

2016 ވަނަ އަހަރުގެ ސިއްޙަތު ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ ފަރާތުން ބޭއްވި ހެލްތް ފެއަރ ގައި ހީލާރސް އިން  ހަރަކާތްތެރި ވެއްޖެއެވެ. ރާއްޖޭގެ ގިނަ އަދަދެއްގެ ބޮޑެތި މުއައްސަސާތަކެއް ބައިވެރި ކޮށްގެން ބޭއްވި މި ފެއާރ ގައި ހީލާރސް އިން ވަނީ ބޮޑު ރޯލެއް އަދާކޮށްފަ އެވެ. ކޮންމެ މުއައްސަސާއަކަށް ސްޓޯލް އެއް ދީފައިވާއިރު ހީލާސް އިން އިސްނަގައިގެން ހީލާސް އަދި އެފް.އެޗް.އެސް ގެ ނަމުގައި ދެ ސްޓޯލް ހިންގާފައި ވެއެވެ. […]

07Apr 2016

ދުނިޔޭގެ ސިއްހަތު ދުވަހާ ގުޅިގެން މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ ފެކަލްޓީ އޮފް ހެލްތު ސައިންސްގެ ދަރިވަރުންގެ ޖަމިއްޔާ “ހީލަރސް”އިން އިސް ނަގައިގެން، ޔުނިވާސިޓީގެ ބައެއް ފެކަލްޓީތަކުގައި ހެލްތު ސްކްރީން ކުރުމުގެ ޕްރޮގްރާމް ކުރިއަށް ގެންގޮސްފިއެވެ. މިގޮތުން މިހަރަކާތް ކުރިޔަށް ގެންގޮސްފައިވަނީ ފެކަލްޓީ އޮފް އެޑިއުކޭޝަނާއި، ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯޢާއި، ފެކަލްޓީ އޮފް ހޮސްޕިޓެލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒްގެ އިތުރުން ފެކަލްޓީ އޮފް ހެލްތު ސައިންސެސްގައެވެ.   އަދި މި ޕްރޮގްރާމްގައި މައިގަނޑު ގޮތެއްގައި ކުރިއަށް […]

27Feb 2016

ހީލާރސް އިން “ހީލާރސް ވެލްކަމް އިވްނިން 2016” ކުރިޔަށް ގެންގޮސްފައިވަނީ  27 ފެބުރުއަރީ ވީ ހޮނިހިރު ދުވަހު ހަވީރު 4:00 އިން 6:00 އަށް ހެންވޭރުދަނޑުގައެވެ. މިހަރަކާތް ކުރިޔަށް ގެންދިޔުމުގެ މައިގަނޑު މަޤްސަދަކީ ފެކަލްޓީ އޮފް ހެލްތް ސައެންސަސް އަށް އަލަށް ގުޅުނު ދަރިވަރުންނަށް މަރުހަބާ ކިޔުމާއެކު ފެކަލްޓީގެ ކިޔަވަމުންދާ ދަރިވަރުން އަދި ލެކްޗަރާއިންނާއި އަލަށް ގުޅުނު ދަރިވަރުންގެ މެދުގައި އެކުވެރިކަން އާލާކޮށް ގުޅުން ބަދަހިކުރުމެވެ. މިހަރަކާތުގައި ސްޓޯލް ތަކަކަށް ބަހައިލައިގެން އެކިކަހަލަ ކުޅިވަރުތައް ކުރިޔަށް ގެންގޮސް […]