29Nov 2017

ޒުވާނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯރޓްސްއިން އިންތިޒާމުކޮށްގެން “ޔޫތު ފޯރަމް 2017″ގެ ނަމުގައި ފޯރަމެއް ބާއްވައިފިއެވެ. މި ފޯރަމް ކުރިއަށްދިޔައީ 28 ނޮވެންބަރު 2017 ވީ އަންގާރަދުވަހުގެ ހެނދުނު 08.00ން ހަވީރު 06.00 އަށް ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައެވެ. މި ފޯރަމުގެ ނިންމުމުގެ ރަސްމިއްޔާތުވެސް ބޭއްވިގެންދިޔައީ ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި އެރޭގެ 08.30 ގައެވެ. ޒުވާނުންގެ ދުވަސް ފާހަގަކުރުމުގެގޮތުން ބޭއްވި މިފޯރަމް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދީފައިވަނީ ޔޫތު މިނިސްޓަރ އަލްފާޟިލާ އިރުތިޝާމް […]

27Nov 2017

ޑީން އޮފް ސްޓޫޑެންސް – “ނާދިޔާ މިސް” އެމް.އެން.ޔޫ.އެސް.ޔޫގެ ހިންގާ ކޮމެޓީއާއި ބައްދަލު ކުރައްވައިފިއެވެ. ނޮވެންބަރު މަހުގެ 26 ވަނަ ދުވަހު އޮތް މިބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ވާހަކަ ދެކެވިފައިވަނީ 2018 ވަނަ އަހަރު ސުޓޫޑެންޓް ސަޕޯޓުން ކުރުމަށް ހަމަޖެހިފައިވާ ކަންކަމުގައި އެމް.އެން.ޔޫ.އެސް.ޔޫގެ ދައުރާ ބެހޭ ގޮތުންނެވެ. އެގޮތުން މިބައްދަލުވުމުގައި ދެފަރާތުންވެސް (އެމް.އެން.ޔޫ.އެސް.ޔޫ އަދި ސްޓޫޑެންޓް ސަޕޯޓުން) ހިންގާ ކަންކަމުގައި އެއްބަޔަކު އަނެއްބަޔަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުންވަނީ މަޝްވަރާކުރެވިފައެވެ.   ނާދިޔާ […]

06Nov 2017

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ގޮފިތަކުގެ ތެރެއިން 2017 ވަނަ އަހަރުގެ އެންމެ ޙަރަކާތްތެރި ގޮތްޕަކަށް ފެކަލްޓީ އޮފް ހެލްތް ސައިންސްގައި ޤާއިމު ކުރެވިފައިވާ ގޮފި – “ހީލާރސް” ހޮވިއްޖެއެވެ. މި އެވޯޑަކީ އަހަރަކު އެއްފަހަރު އެމް.އެން.ޔޫ.އެސް.ޔޫގެ ހިންގާ ކޮމިޓީގެ ފަރާތުން އެ އަހަރުތެރޭގައި ޖަމިއްޔާގެ އެންމެ ހަރަކާތްތެރި ގޮތްޕަށްދޭ އެވޯޑެކެވެ. މިއަހަރުގެ އެވޯޑުވެސް ދެވިފައިވަނީ ކުރީއަހަރެކޭ އެއްފަދައިން އެމް.އެން.ޔޫ.އެސް.ޔޫގެ އާ ހިންގާކޮމިޓީ އިފްތިތާޙު ކުރުމުގެ ޖަލްސާގައެވެ. އެވޯޑު ޙަވާލުކޮށްދެއްވާފައިވަނީ 2017 ވަނަ އަހަރުގެ އެމް.އެން.ޔޫ.އެސް.ޔޫގެ […]

06Nov 2017

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ 6 ވަނަ ދައުރުގެ ހިންގާ ކޮމިޓީ އިފްތިތާޙުކޮށްފިއެވެ. ހިންގާ ކޮމިޓި އިފްތިތާޙު ކުރުމުގެ ޖަލްސާ ބާއްވާފައިވަނީ ނޮވެމްބަރ މަހުގެ 5 ވީ އާދީއްތަ ދުވަހުގެރޭ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ އޮޑިޓޯރިއަމްގައެވެ. މި ޖަލްސާ ޝަރަފްވެރި ކޮށްދެއްވާފައިވަނީ ސިވިލްސާރވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމެވެ. އަދި މާފަންނު ދެކުނުދާއިރާގެ އިއްޒަތްތެރި މެންބަރު އަލްފާޟިލް އަބްދުﷲ ރިފާޢު ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައިވެއެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވައިސް […]

05Nov 2017

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންއަކީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގައި ރަޖިސްޓްރީކޮށްގެން ހިންގާ ރާއްޖޭގެ އެންމެ މެމްބަރުންގިނަ މަދަނީ ޖަމިއްޔާއެވެ. އެހެންކަމުން ޔޫނިއަންގެ ހިންގާ ކޮމިޓީގައި މަސަައްކަތްކުރުމުގެ ފުރުޞަތު ލިބުމަކީ ޝަރަފެކެވެ. ހަމަ އެހެންމެ އެހާމެ ބޮޑު މަސްޢޫލިއްޔަތެކެވެ. ޔޫނިއަންގެ ހިންގާ ކޮމިޓީގައި މަސައްކަތްކުރި މެންބަރުންގެ ތެރެއިން 3 އަހަރު ޔޫނިއަންއަށް ޚިދުމަތްކުރުމުގެ ރިކޯޑު ހައްދަވާފައިވަނީ މިރޭ މަޤާމުން ވަކިވެ ވަޑައިގަންނަވާ މިހާރުގެ ރައީސް އަލީ ރަޝީދުއެވެ. އަލީ ރަޝީދު ޔޫނިއަންގެ ހިންގާ ކޮމިޓީއަށް އިންތިހާބުވީ […]

05Nov 2017

ސުރުހީ ތިކިޔުނީ ހަމަ ރަނގަޅަށެވެ. އެއީ އަޅުގަނޑަށް ޑީން އޮފް ސްޓޫޑަންޓްސް ނާދިޔާ އަހުމަދު (ނާދިޔާ މިސް) ސިފަވާ ގޮތެވެ. ނާދިޔާ މިސްއަށް އެމަޤާމު ހައްޤުކަމަށް އަޅުގަނޑު ހިތާ ރޫހުން ޤަބޫލުކުރަމެވެ. ބައްދަލުވާއިރު އަބަދުވެސް ހިނިތުންވެ އުފާވެރި މޫނަކައިގެން ހުންނަ ނާދިޔާ މިސްއަކީ ވަރަށްވެސް ހިތްހެޔޮ ފަރާތެކެވެ. ތައުލީމީ ދާއިރާއަށް ގިނަ ދުވަސްތަކެއް ވަންދެން އަގުހުރި ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާ އަދި މިހާރުވެސް ޚިދުމަތުގައި ދެމިހުންނެވި ނާދިޔާ މިސްއަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ހަޔާތުގައިވެސް މުހިއްމު ނަމެކެވެ. […]

06Oct 2017

05 އޮކްޓޯބަރު ވީ ބުރާސްފަތި ދުވަހު ފެކަލްޓީއޮފް ހެލްތު ސައިސްގެ ކޮންފަރެންސް ހޯލުގައި، މުދައްރިސުންގެ ދުވަސް ވަރަށް ކުލަގަދަކަމާއިއެކުވަނީ ފާހަގަކޮއްފައަވެ. 12:45 ގައި ކުރިއަށްދިޔަ މިހަފްލާގައި ހުރިހާ މުދައްރިސުންނަށް ފިނިފެންމަލުގެ ޤުލްދަސްތާއަކުން ދުވަހުގެ ހެޔޮއެދުމާއި މުބާރަކުބާދީ ފެކަލްޓީގެ އެންމެހާ ދަރިވަރުންގެ ފަރާތުންވަނީ އަރިސްކޮއްފައެވެ. މިހަރަކާތް ރާވާ ހިންގާ އިންތިޒާމް ކޮއްފައިވަނީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަންގެ ގޮފި ހީލަރސްއެވެ. ޤުރުޢާންގެ ބަރަކާތުން  ހަފްލާ ފަށައިފައިވަނީ އެޑްވާންސް ސަރޓިފިކެޓް އިން ނަރސިންގެ ދަރިވަރު ފާޠިމަތު ސާރާ، އަދި […]

04Oct 2017

ގަން ކެމްޕަސްގައި ގާއިމްކޮށްފައިވާ އަހުރަ ގޮފިން އިންތިޒާމްކުރާ ހޭންޑް ބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މިކަމާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އަހުރަ ގޮފީގެ ނައިބް ރައީސް އައިޝަތު ނަސީރާ ވިދާޅުވީ މިމުބާރާތަކީ ގަމާއި ފުނަދޫގައި ހުންނަ ސަރުކާރު އަދި އަމިއްލަ މުއައްސަސާތަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މުބާރާތެއް ކަމަށާއި މިމުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މިމަހުގެ 8 ވަނަ ދުވަހާއި ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. އަންހެން ބޭފުޅުންނަށް ހާއްސަކޮށްގެން ބާއްވާ މުބާރާތުގެ ޓީމް ލިސްޓް ހުށަހަޅަންޖެހެނީ މިމަހުގެ […]